ENGLISH

12 ޖުލައި 2025

Advertisement

ހަތަރު ވަޒީރަކާއެކު "އަހާ" ފޯރަމް އަންނަ ހޯމަދުވަހު ބާއްވަނީ

12 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އަހާ ފޯރަމް، ފޮޓޯ: ރައީސް އޮފީސް

ހަތަރު ވަޒީރުންނާއެކު އަންނަ ހޯމަދުވަހުގެ ރޭ "އަހާ" ފޯރަމުގެ އައު ޕްރޮގުރާމެއް ކުރިއަށްގެންދާނެކަން ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)އިން ހާމަކޮށްފިއެވެ. 

ޕީއެސްއެމްއިން ބުނި ގޮތުގައި އަންނަ ހޯމަ ދުވަހުގައި އޮންނަ "އަހާ" ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމާއި، ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކަކީ އާއްމުންނަށް ބޭނުން ސުވާލެއް ވަޒީރުންނާ ކުރެވޭ ގޮތަށް ކުރިއަށްގެންދާ ފޯރަމްތަކެކެވެ.

ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ 5 ވަނަ ފޯރަމެވެ.

މި ފޯރަމްގައި ބައިވެރިވެރިވެ އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށް ފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.

މި ފޯރަމަކީ ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވަނިވި ސަރުކާރެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ބާއްވަމުން އަންނަ ފޯރަމްތަކެކެވެ. 

ކިޔުންތެރިންގެ ހިޔާލު