ENGLISH

12 ޖުލައި 2025

Advertisement

ލަައިބްރަރީތަކަކީ ވަށައިގެންވާ ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރުތަކެއް: ރައީސް

12 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރަައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ކުތުބުހާނާތަކަކީ އެތަންތަން ވަށަައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ކުތުބުހާނާއަށް 80 އަަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޝާއިއުކުރެއްވި ޕޯސްޓެއްގަައެވެ. އެމަނިކުފާނުވަނީ ގައުމީ ކުތުބުހާނާއަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. 

ކުތުބުހާނާގެ މުހިއްމުކަން ފާހަގަކުރައްވައި ކޮންމެ ކުތުބުހާނާއެއް ނުވަތަ ލައިބްރަރީއަކީ ވަށައިގެންވާ ރާސްތާއަށް އަލިކުރާ ދަންމަރެއްކަމުގައި ސިފަކުރެއްވުމާއެކު އެމަނިކުފާނުވަނީ ލައިބްރަރީ ހިދުމަތުގައި އަވަދިނެތި އުޅޭ ހުރިހާ އެންމެންނަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. '

ރާއްޖޭގައި ސްޓޭޓް ލައިބްރަރީގެ ނަމުގައި ގައުމީ ކުތުބުހާނާއެއް އެންމެ ފުރަތަަމަ ގާއިމުކުރެއްވީ ސުއްމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުން 1945 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ކުތުބުހާނާގެ ނަން 1948 ވަަނ އަހަރު އަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނަށް ނިސްބަތްކުރައްވައި މަޖީދީ ލައިބްރަރީގެ ނަމަށް ބަދަލުކުރެއްވިއެވެ. 

މަޖީދީ ލައިބްރަރީގެ ނަމުގައި ހިންގަމުން އައި ކުތުބުހާނާއަށް ޒަަމާނާ އެކަށީގެންވާ ބަދަލުތައް ގެންނަމުން އައި 1982 ވަނަ އަހަރު ގައުމީ ކުތުބުހާނާގެ ނަމަށް ނަަން ބަދަލުކުރިއެވެ. އަދި 2000 ވަނަ އަހަރު ކުރިން ކުތުބުހާނާ ހިންގަމުން އައި އިމާރާތުން އައު އިމާރާތަކަށް އެތަން ބަދަލުކުރިއެވެ. 

ގައުމީ ކުތުބުހާނާގެ ޝިއާރަކީ "އަމިއްލައަށް އުނގެނޭށެވެ." މި ޝިއާރެވެ. ކުތުބުހާނާއަކީ ގިނަ އަދަދެއްގެ ދަރިވަރުން ބޭނުންކުރަމުން އައި ތަނެއްވެސްމެއެވެ. 

ލައިބްރަރީތައް އިތުރުކުރުމާއި ލައިބްރަރީތަކުގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގެ އާބާދީ ބޮޑު ސިޓީތަކުގައި ލައިބްރަރީތައް ގާއިމުކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު