ENGLISH

12 ޖުލައި 2025

Advertisement

މަސްވެރިކަމާ ގުޅުންހުރި ދެ ކޯހެއްގަައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

12 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މަސްވެރިންތަކެއް ދޯންޏެއްގައި މަސްވެރިކަން ކުރަނީ، ފޮޓޯ: ދައުރު

މަސްވެރިކަމާ ގުޅުންހުރި އެކި ދާއިރާތަކުން މަތީ ތައުލީމު ފޯރުކޮށްދިނުމަށް ގާއިމުކުރި ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން ފެށުމަށް ހަމަަޖެހިފައިވާ ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ގައުމީ ޔުނިވަސިޓީގެ ކޮލްޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން އިއުލާނުކޮށްފައިވާ ގޮތުގައި މި ކޯސްތަކަކީ އެ ޔުނިވަސިޓީގެ އޮގަސްޓު އިންޓޭކުގައި ބައިވެރިވުމަށް ހުޅުވައިލި ކޯސްތަކެކެވެ. އެ އިންޓޭކުގައި ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ އޯގަސްޓު މަހުގެ ފަސްވަނަ ދުވަަހެވެ. 

އޯގަސްޓު އިންޓޭކުގައި ފެށުމަށް ނިންމާފައިވާ ދެ ކޯހަކީ ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން އަދި ނޭޝަނަލް ސެޓްފިކެޓް އެކެއް އިން ފިޝިން ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓުރޯލެވެ. މިއިން ކޮންމެ ކޯހަކީވެސް ހަ މަސްދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ. 

މި ދެ ކޯހުގެ ތެރެއިން ނޭޝަަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން ކޯސް ކުރިއަށްދާނީ ތިނަދޫ އަދި ކުޅުދުއްފުށި ސިޓީގައި ހުންނަ ގައުމީ ޔުނިވަސިޓީގެ ކެމްޕަސްތަކުގައެވެ. އަދި ނޭޝަނަލް ސެޓްފިކެޓް އެކެއް އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލު ކޯސް ކުރިއަށްދާނީ މާލޭގައި ހުންނަ ގައުމީ ޔުނިވަސިޓީގެ މައި ކެމްޕަހުގައެވެ. 

މަސްވެރިކަމުގެ ސިނާއަތަށް ޒަަމާނީ ބޮޑު ބަދަލެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ތެރެއިން އެ ސިނާއަތަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމުގެ ތަސަައްވުރުގެ ދަށުން ގާއިމުކުރެވުނު ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ކިޔެވުން ފެށުނީ ފާއިތުވި އަހަރުގެ އޯގަސްޓު މަހުގައެވެ. 

މަަސްވެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ފޯރުކޮށްދީ ހުނަރުވެރިކަން ތަރައްގީކުރާނެ މަރުކަޒެއް ގާއިމުކުރުމަކީ މަސްވެރިކަމާ ބެހޭ ވުޒާރާގެ މައްޗަށް މަސްވެރިކަމާ ބެހޭ ގާނޫނުން ލާޒިމުކުރާ ކަމެއް ނަމަވެސް ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެފަދަ މަރުކަޒެއް ރާއްޖޭގައި ވުޖޫދުކޮށްފަައި ނެތެވެ. 

ރައީސްގެ ތަސައްވުރާ އެއްގޮތަށް ގާއިމުކުރެވުނު މި ކޮލެޖުގައި މަސްވެރިކަމާ ގުޅުންހުރި އެންމެ ޒަމާނީ ހުނަރުތައް އުނގަންނައިދީ، މަސްވެރިކަމާ ގުޅުންހުރި ފަންނީ ދިރާސާތައް ކުރުމާއެކު، ދަރިވަރުންނަށް ކަނޑުގެ ދިރުންތަކާއި ތިމާވެށީގެ ދާއިރާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، މަސްވެރިކަމުގެ އިގުތިސާސީ އަދި އިޖުތިމާއީ ބައިތައް އުނގަންނައިދޭނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު