ENGLISH
12 ޖުލައި 2025
ބޮޑު ސަރަޙައްދެއް ބަލައިފި، ޒަކަރިއްޔާބެ އަދި ނުފެނޭ
11 ޖުލައި 2025
|
ގެއްލިގެން ހޯދަމުންދާ މީހާ
ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރަށް ފުރި ފަހުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ގެއްލިފައިވަނީ އުމުރުން 75 އަހަރުގެ، ޒަކަރިއްޔާ މުހައްމަދެވެ. ޒަކަރިއްޔާ ގައްދޫން ފުރީ އިއްޔެ ހެނދުނު 9:30 ހާއިރު އެވެ. އޭގެ ފަހުން ޚަބަރެއް ނުވެގެން ދަނީ ހޯދަމުންނެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އިއްޔެ ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. އޭނާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ. އަދި ވައިގެ މަގުން ވެސް ބޮޑު ސަރަޙައްދެއް ވަނީ ބަލާފަ އެވެ. ގަމާއި ކައިރި ފަޅުރަށްތައް ވެސް ވަނީ ބަލާފަ އެވެ.
ނަމަވެސް މިހާތަނަށް ޒަކަރިއްޔާގެ ޚަބަރެއް ވެފައެއް ނުވެ އެވެ.