ENGLISH
12 ޖުލައި 2025
މޫސުން އަލިވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލަން އެދިއްޖެ
11 ޖުލައި 2025
|
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫދު ކުޅިވަރުތަކާއި މޫދުގައި ބާއްވާ މުނިފޫހިފިލުުވުމުގެ އެހެން ހުރިހާ ހަރަކާތްތަކެއް ހުއްޓާލަން ފުލުހުން އެދިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މޫސުން ގޯސްވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައިގެން ރިޕޯޓް ލިބެމުންދާ ކަމަށެވެ. އެހެން ކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މޫދު ކުޅިވަރުތަކާއި މޫދުގައި ބާއްވާ މުނިފޫހިފިލުުވުމުގެ އެހެން ހުރިހާ ހަރަކާތްތަކެއް ހުއްޓާލަން އިލްތިމާސް ކުރާ ކަމަށެެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަކީ ފުލުހުން އެންމެ އިސްކަންދޭ ކަންތައްކަމުގައި ވެސް ބުންޏެވެ.
އިއްޔެ އިން ފެށިގެން މުޅި ރާއްޖޭގެ މޫސުން ވަނީ ގޯސްވެފަ އެވެ. އިއްޔެއާއި ރޭ އަދި މިއަދު ވެސް މެންދުރު ފަހާ ހަމައަށް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯހެވެ. ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވެސް ވަނީ ހިނގާފަ އެވެ.