ENGLISH
12 ޖުލައި 2025
ޑރ. އިބްރާހިމް މުޞްޠަފާ އަވަހާރަވެއްޖެ، ރައީސްގެ ތަޢުޒިޔާ
11 ޖުލައި 2025
|
ޑރ. އިބްރާހިމް މުޞްޠަފާ
ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހިމް މުޞްޠަފާ އަވަހާރަވެއްޖެ އެވެ.
ޑރ. އިބްރާހިމް މުޞްޠަފާ އަވަހާރަވީ ރޭގެ ވަގުތެއްގައި އިންޑިއާގަ އެވެ. އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އިބްރާހިމް މުޞްޠަފާ އަކީ ތަޢުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.
އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައް ކުރެއްވުމުގައި، ރާއްޖެއާއި ރާއްޖެއިންބޭރުގެ ބައެއް ޤައުމު ތަކުގައިވެސް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.
ޑޮކްޓަރ އިބްރާހީމް މުޞްޠަފާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެފަ އެވެ.
އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓްގައި މަރުޙޫމް އިބްރާހީމް މުޞްޠަފާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް، މާތްﷲ މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައިވެ އެވެ.