ENGLISH
19 ޖުލައި 2025
ޒުވާން ނޫސްވެރިޔާ މިލްޒަމްއަށް ޗައިނާއިން ހާސް ތަޖުރިބާ؛ އޭނަ އަށް ސަފީރުގެ ތާރީފު
11 ޖުލައި 2025
|
ޗައިނާ ސަފީރު ކޮންގް ޒިއަންހުއާ ޒުވާން ނޫސްވެރިޔާ މިލްޒަމްއާ ބައްދަލުކުރެއްވުން، ފޮޓޯ: އެކްސް
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޒިއަންހުއާ ރާއްޖޭގެ ޒުވާން ނޫސްވެރިޔާ މަރްޔަމް މިލްޒަމް މަސްޢޫދާ ބައްދަލުކޮށް، ތައުރީފްކުރައްވައިފިއެވެ.
އެމްއެމްޓީވީގެ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ މިލްޒަމް ވަނީ ދާދިފަހުން ޗައިނާގައި އޮތް "ވިޒިޓިން ދަ ކޯ ޒޯން އޮފް ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް" ގައި ބައިވެރިވެފައެވެ.
މިލްޒަމް އެގައުމަށް ޒިޔާރަތްކުރީ ޖޫން 30 އިން ޖުލައި 8 ގެ ނިޔަލަށެވެ. ޖުމްލަ 24 ގައުމަކުން ޖާނަލިސްޓުން އެ ދަތުރުގައި ބައިވެރިވިއެވެ.
ދަތުރުގައި ކުރި ތަޖުރިބާތައް މިލްޒަމް ވަނީ މީސްމީޑިއާގެ ޒަރިއްޔާއިން އާއްމުންނަށް ގެނެސްދީފައެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައި ޒިއަންހުއާ، ނޫސްވެރިޔާ މިލްޒަމްއާ ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހެވެ.
ބައްދަލުކުރެއްވުމުގެ ވާހަކަ ޒިއަންހުއާ ވަނީ އެކްސްގައި ޕޯސްޓްކުރައްވާފައެވެ.
އެ ވީޑިއޯތަކަށް ސަމާލުކަން ލިބުނުކަން ޒިއަންހުއާ ވަނީ މިލްޒަމްއާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި، ޗައިނާގެ ސަގާފަތް ދައްކުވައިދޭ ވީޑިއޯތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމުން ސަފީރު ވަނީ މިލްޒަމްއަށް ޝުކުރުއަދާކުރައްވާފައެވެ.
މިލްޒަމްއާ ބައްދަލުކުރައްވައި ސަފީރު ވަނީ، ޗައިނާގެ ސަގާފަތް ދައްކުވައިދިނުމަށް ދިވެހިންނަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށް ވިދާޅުވެފައެވެ.