ENGLISH

31 ޖުލައި 2025

Advertisement

ހަތް މީހުންނާއެކު ގެއްލުނު މަސްދޯނި ފެނިއްޖެ

11 ޖުލައި 2025

|

އަޙުމަދު ޙަމީދު

ކޯސްޓްގާޑުގެ އުޅަނދެއް

ހަތް މީހުންނާއެކު ގެއްލުނު މަސްދޯނި ފެނިއްޖެ އެވެ.

ގެއްލުނީ ތ. ވިލުފުށީ “ވިލުރޯދި” މަސް ދޯންޏެވެ. އެ ދޯނި ގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓް ކުރީ އިއްޔެ އެވެ.

އެ ރިޕޯޓާއި ގުޅިގެން މަސްދޯނި ހޯދުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މަސްދޯނި ރޭ ދަންވަރު 2:00 ހާއިރު ރައްކާތެރިކަމާއެކު ވިލުފުށީ ބަނދަރަށް ވަދެފައިވާ ކަމަށެވެ.

މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފަ އެވެ. އިއްޔެއާ ރޭ ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގާފައިވެ އެވެ.

އެ ހާދިސާތަކުގައި ގެއްލުނު އެކަކު އަދިވެސް ނުފެނެ އެވެ. އެއީ ގދ. ގައްދޫ އިން ގަމަށް ދަތުރުުކުރި އުމުރުން 75 އަހަރުގެ މީހެކެވެ.

އެ މީހާ ދަތުރުކުރީ ޑިންގީއެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު