ENGLISH

31 ޖުލައި 2025

Advertisement

އަލިފާނުގެ ހާދިސާގައި ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެނީ

11 ޖުލައި 2025

|

ހަސަން އާމިރު

ހުޅުމާލެ ފޭސް 1 ގައި ހުންނަ އެންސިސް ފިޝަރީޒްގެ ގުދަނެއްގައި ރޭ ހިނގި އަލިފާން ނިންވުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭ ޕޮލިސްގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ރެއިން ފެށިގެން ފަރުވާ ދެމުން އަންނަ އިރު އެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލެ ފޭސް 1ގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސްގެ ގުދަނުގައި ރޭ އިރާކޮޅު އަލިފާން ރޯވެ މުޅި ސަރަހައްދުގައި ދުން ބޯވުމާ ގުޅިގެން ފުލުހުން ރޭ ވެސް ވަނީ، ކޮންމެހެން ދާން ޖެހިގެން މެނުވީ އެ ސަރަހައްދަށް އާއްމުން ނުދިއުމަށް އިލްތިމާސްކޮށްއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅޭ މީހުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕަވައި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ފުލުހުން ރޭ ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު