ENGLISH
13 ޖުލައި 2025
ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު
10 ޖުލައި 2025
|
ދުވާފަރު
ކެނޯއެއްގައި ނިކުތް ފަހުން ޚަބަރެއް ނުވެގެން ހޯދި މީހާ ފެނިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް ސްޓާފެއްގެ ޚަބަރެއް ނުވެ ގެއްލިފައިވާތީ އެ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގެއްލިފައި ވަނީ އުމުރުން 35 އަހަރުގެ ދިވެއްސެއް ކަމަށާ އޭނާ ކެނޯގައި ނިކުތީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކައިރި ރިސޯޓްތަކުން ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އޭގެ ފަހުން ފުލުހުން ބުނީ އެ މީހާ ރ. ދުވާފަރަށް ގޮސްފައިވާ ކަމަށާ ހާލު ރަނގަޅު ކަމަށެވެ.