ENGLISH
13 ޖުލައި 2025
ކެނޯއެއްގައި ނިކުތް ދިވެއްސަކު ގެއްލިގެން ހޯދަނީ
10 ޖުލައި 2025
|
ފުލުހުން ކަނޑުމަތީ ހަރަކާތްތެރި ވަނީ -- ފޮލިސް ފައިލް ފޮޓޯ
ކެނޯއެއްގައި ނިކުތް ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް ސްޓާފެއްގެ ޚަބަރެއް ނުވެ ގެއްލިފައިވާތީ އެ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގެއްލިފައި ވަނީ އުމުރުން 35 އަހަރުގެ ދިވެއްސެއް ކަމަށާ އޭނާ ކެނޯގައި ނިކުތީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކައިރި ރިސޯޓްތަކުން ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ފަޅު ރަށަކަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެއްސަކު ވެސް ގެއްލިގެން ވަނީ ހޯދަން ފަށާފަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ގދ. ގައްދޫ އިން ފުރައިގެން ގދ. ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިިރިހެނަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބުނީ މިއަދު ހަވީރު އެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ބެލި ބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.