ENGLISH
13 ޖުލައި 2025
އިސްލާމީ މަރުުކަޒަށް ވާރޭވެހޭތީ އެކަަން ޙައްލުކުރުމުގެ މަަސައްކަތް ފަށައިފި
10 ޖުލައި 2025
|
އިސްލާމީ މަރުކަޒު --
އިސްލާމީ މަރުކަޒަށް ވާރޭވެހޭތީ އެކަން ޙައްލު ކުރުމުގެ މަސައްކަތް ކަމާގުޅޭ ޓީމުތަކުން ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މޫސުން ގޯސްވެ މިއަދާއި މިރޭ މާލެއަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފަ އެވެ. އިސްލާމީ މަރުކަޒުގެ މިސްކިތް ހިމެނޭ ބަޔަކަށް ވަނީ ވާރޭވެހިފަ އެވެ.
އެކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރީ މި ދިޔަ އަހަރު ކަމަށާ މަރުކަޒުގައި ޖަހާފައި ވަނީ އެސްޓީއޯގެ ޓިނު ކަމަށެވެ. އެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީ އިންނެވެ.
ވަޒީރު ވިދާޅުވީ މަރުކަޒަށް މިރޭ ވާރޭ ވެހުމާ ގުޅިގެން ހުރި ކަންބޮޑުވުންތަން ބަލައިގަންނަން ކަމަށެވެ. އަދި މައްސަލަ ހައްލުކުރަން ކަމާގުޅޭ ޓީމްތައް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"..އޭގެ ކުރިން ހުރި ޓިނު ބަދަލުކުރީ ވެސް އެތެރެއަށް ވާރޭ ވެހޭތީވެ، 40 އަހަރު ވެފައިވާ ޤައުމީ މި ބިނާ ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން މިނިސްޓްރީ އިން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން," ވަޒީރު ވިދާޅުވި އެވެ.