ENGLISH

13 ޖުލައި 2025

Advertisement

ފަޅު ރަށަކަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެއްސަކު ގެއްލިގެން ހޯދަނީ

10 ޖުލައި 2025

|

އަޙުމަދު ޙަމީދު

ގދ. ގަން

ފަޅު ރަށަކަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ގދ. ގައްދޫ އިން ފުރައިގެން ގދ. ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިިރިހެނަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބުނީ މިއަދު ހަވީރު އެވެ.

ފުލުހުން ބުނި ގޮތުގައި މިހާތަނަށް ބެލި ބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މީހާ އެންމެ ފަހުން ލައިގެން ހުރީ ނޫ ކުލަައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަަމަށް ވެސް ފުލުހުން ބުންޏެވެ.

ގެއްލުނު މީހާ ހޯދުމަށް ސިފައިން ދަނީ ކޯސްޓްގާޑުގައި އެ ސަރަޙައްދު ބަލަމުން ކަމަށާ އަދި ގަމާއި ކައިރި ފަޅުރަށްތައް ވެސް ބަލަމުންދާ ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު