ENGLISH

13 ޖުލައި 2025

Advertisement

އެންސިސް އަލިފާނުގެ ހާދިސާ: ދުން ބޯވެ ފެތުރޭތީ އެ ސަރަޙައްދަށް ނުދާން އިލްތިމާސް ކޮށްފި

10 ޖުލައި 2025

|

އަޙުމަދު ޙަމީދު

އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ސަރަޙައްދުގައި ދުން ބޯވެފައި -- ފޮޓޯ: ޕޮލިސް

ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ ޢާންމުން ސަމާލުުވުމަށާއި އެ ސަރަޙައްދަށް ނުދިއުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

މިރޭ އަލިފާނުގެ ހާދިސާ ހިނގީ އެންސިސްގެ ގުދަނެއްގަ އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުންދާތީ ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައި ކަމަށެވެ. އަދި މިހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދުގައި އުޅޭ މީހުން މަގު ބޭނުން ކުރާއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕަވައި ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކުރާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާ އެކު، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަޙައްދުގައި ގެންދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު