ENGLISH
13 ޖުލައި 2025
ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓް ކުރި ވާހަކައަކީ ބުހުތާނު ދޮގެއް
10 ޖުލައި 2025
|
މިފްކޯ
ޔޫރަޕުން ދިވެހި މަސްކުންފުނި މިފްކޯ ބްލެކްލިސްޓް ކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ދޮގު ކުރައްވައިފި އެވެ.
ސަރުކާރާއި ދެކޮޅަށް ޚަބަރު ގެނެސްދޭ ނޫހަކު ވަނީ އީޔޫއާ ޔޫކޭ އިން މިފްކޯ ބްލެކްލިސްޓް ކޮށްފައިވާ ކަމަށް ބުނެ ޚަބަރު ފަތުރާފަ އެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.
އެކަމާއި ގުޅިގެން ވަޒީރު ޝިޔާމް ވިދާޅުވީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ އީޔޫ އިން ވެސް އަދި ޔޫކޭއިން ވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ.
"..އަޅުގަނޑަށް އެނގިގެން އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖަރ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އެބައާދޭ,"
ވަޒީރު ވަނީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަން ފާހަގަ ކުރައްވާ އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓަރޑް ނޫސް އެޖެންސީއަކުން ހަޤީގަތާ ޚިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމުގައި ވިދާޅުވެފަ އެވެ.