ENGLISH
13 ޖުލައި 2025
ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް، ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ
10 ޖުލައި 2025
|
ހުޅުމާލެ ފޭސް 1 ގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާނުގެ ހާދިސާ ހިނގީ އެންސިސް ގުދަނެއްގަ އެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ސަރަޙައްދުގައި ހުރި އެމްއެމްޓީވީ ރިޕޯޓަރު މަޢުލޫމާތު ދިން ގޮތުގައި ގުދަނުން ގިނަ އަދަދަކަށް ދަނީ އުން އަރަމުންނެވެ. އަދި މުޅި ސަރަޙައްދަށް ދުމުގެ އަސަރު ވަނީ ފެތުރިފަ އެވެ.
އެ ސަރަޙައްދަށް މިހާރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފަ އެވެ. ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން އެ ސަރަޙައްދަށް މީހުން ނުދާން ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެ ސަރަޙައްދަކީ ދިވެހި ފުލުހުންނާއި ސިފައިންނަށް ޚާއްސަ ފްލެޓްތައް ހުރި ސަރަޙައްދެވެ. އެހެން ކަމުން ޢާންމުންނަށް ވެސް މި ކަމުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ.