ENGLISH

13 ޖުލައި 2025

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ރަސްމީ ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެންފި

10 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

އެކަމަނާ އެ ސިޓީއަށް ވަޑައިގެންނެވީ އައްޑޫ ސިޓީ ފޭދޫ ސިއްޙީ މަރުކަޒުގެ 43 އަހަރީ ދުވަސް ފާހަގަ ކުރަން ބާއްވާ ޚާއްސަ ޙަފުލާ ޝަރަފުވެރިކޮށް ދެއްވުމަށެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ގިނަ އަދަދެއްގެ އަންހެނުން ވަނީ އެއާޕޯޓުން އެކަމަނާއަށް މަރުޙަބާ ދަންނަވާފަ އެވެ. އެކަމަނާ ވަނީ މަރުޙަބާ ދެންނެވުމަށް ޖަމާވި މީހުންނާއި ސަލާމް ކުރައްވާފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދާދި ފަހުން ވަނީ ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވެސް ވަޑައިގެންފަ އެވެ. އެ ސިޓީއަށް ވެސް ވަޑައިގެންނެވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ.

އެކަމަނާ ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވަރަށް ދިގު މުއްދަތަަކަށް ޚިދުމަތް ކުރައްވާފަ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ވަރަށް އިސް މަޤާމުތައް ފުރުއްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު