ENGLISH

13 ޖުލައި 2025

Advertisement

ތިނަދޫ އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

10 ޖުލައި 2025

|

އަޙުމަދު ޙަމީދު

ތިނަދޫ ސިޓީ -- ފޮޓޯ: ސްޓޫޑިއޯ 33

މިދިޔަ އޭޕްރީލް މަހު ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވީ އަންހެން މީހާ ނިޔާވެއްޖެ އެވެ.

އެކްސިޑެންޓްވީ ސައިކަލަކާއި ކާރެއް ޖެހި އެވެ. އޭޕްރީލް 27 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވީ އުމުރުން 31 އަހަރުގެ އަންހެނަކަށެވެ.  ފުރަތަމަ ފަރުވާ ދިނީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގަ އެވެ.

އޭގެ ފަހުން މާލެ ގެނެސް އައިޖީއެމްއެޗްގައި ދިޔައީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓްގައި ލިބުނު އަނިިޔާތަކާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް ކުރި ނަމަވެސް ފަހުން އިންފެކްޓްވެ ހާލަތު ގޮސްވީ އެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް އަންހެން މީހާ ވަނީ ނިޔާވެފަ އެވެ.

ކާރު ދުއްވި މީހާ ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު