ENGLISH

10 ޖުލައި 2025

Advertisement

ތަފާތަކީ މިއީ؛ އަރަބިއްޔާ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

09 ޖުލައި 2025

|

އަޙުމަދު ޙަމީދު

ޢަރަބިއްޔާ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ --

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ގެ އައު ސްކޫލުގެ އިމާރާތުގެ މަސައްކަތް ހަމަޖެހިފައިވާ ޝެޑިއުލާ އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށާ އެ މަސައްކަތް ކަނޑައަޅާފައިވާ ތާރީޚަށް ނިންމާލެވޭނެ ކަމަށް ތަޢުލީމާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.

އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވަނީ މަސައްކަތު ސައިޓަށް ޒިޔާރަތް ކުރައްވާ އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލައްވާފަ އެވެ.

އަރަބިއްޔާ ސުކޫލު ހިންގަން އާ އިމާރާތެއް ހަމަނުޖެހި އޮތް މައްސަލަ އަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ އެކެވެ. އެ މައްސަލަ ހައްލުކުރައްވާ އަރަބިއްޔާ ސުކޫލު ހިންގަން އެންމެ ޒަމާނީ ފެންވަރު ރަނގަޅު އިމާރާތެއް ބިނާ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

އެ ވައުދުފުޅާއި އެއްގޮތަށް ނޮވެންބަރު 17, 2024 ގައި ވަނީ އަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް ފަށާފަ އެވެ. އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. ތަޢުލީމާ ބެހޭ ވުޒާރާ އިން ބުނީ އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަކީ އަމާޒެއް ކަމަށެވެ.

ބޮޑު ބިމެއް, ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރި

ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް އަޅަން ކުރީން ހަމަޖެއްސީ ބާ ޖަމާލުއްދީނު ހުރި ބިމުގަ އެވެ. އެ ބިން ސާފުވެސް ކުރި އެވެ.

ނަމަވެސް އެ ބިމުން ބައެއް ޖަމާލުއްދީނަށް ވެސް ދޭން ކުރީ ސަރުކާރުން އޮތީ ނިންމާފަ އެވެ. އެހެން ކަމުން އަރަބިއްޔާއަށް ލިބޭ ބިމުން ބައެއް ގެއްލުނެވެ. އެކަމާއި ބެލެނިވެރީންގެ ބޮޑު ހިތްހަމަނުޖެހުމެއް އޮތެވެ.

އެހެން ނަމަވެސް ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެދުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސްކޫލް ބިނާކުރުމަށް ޖާގަ ތަނަވަސް ބިމެއް ހަމަޖައްސަވައިދެއްވާފަ އެވެ. އެއީ 386 ނަންބަރު ކޮއްޓެވެ.

ކުރީ ސަރުކާރުން ބިން ކުޑަތަނެއްގައި ބޮޑު އަގުގައި އިމާރާތް ކުރާން ހަމަޖެއްސި ޖެއްސުން ބަދަލުކޮށް މި ސަރުކާރުން ޖާގަ ތަނަވަސް ބިމެއްގައި އަރަބިއްޔާ އިމާރާތް ކުރަނީ ދައުލަތުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރުމާ އެކު އެވެ.

އަރަބިއްޔާގެ އައު އިމާރާތް ނިމޭއިރު 40 ކްލާސްރޫމް ހުންނާނެ އެވެ. އަދި ބޭސްމެންޓްގައި އަންޑަރ ގްރައުންޑް ޕާރކިންގް ޒޯނަކާއި، ޓަރފް ދަނޑެއް ވެސް ހިމެނޭނެ އެވެ. މީގެ އިތުރުން މި ސްކޫލު ޢިމާރާތް ކުރަނީ ޒަމާނީކޮށް، އޭސީ އަދި ސޯލާޕެނަލް ހަރުކުރާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު