ENGLISH

12 ޖުލައި 2025

Advertisement

މަހާތީރުގެ 100 ވަނަ އުފަންދުވަހަށް މައުމޫންގެ ފަރާތްޕުޅުން ހަދިޔާއެއްގެ ގޮތުގައި މުންނާރުގެ މޮޑެލްއެއް

09 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސް މައުމޫނާއި ޑރ. މާހާތީރު

މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ޑރ. މަހާތީރު މުޙައްމަދުގެ 100 ވަނަ އުފަންދުވަހަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހަދިޔާއެއްގެ ގޮތުގައި މުންނާރުގެ މޮޑެލްއެއް ދެއްވައިފި އެވެ.

މެލޭޝިޔާގައި މިހާރު ކުރިއަށްދާ ޕާރްޑޭނާ ލީޑާޝިޕް ފޯރަމްގެ ތެރެއިން ރައީސް މައުމޫނާއި ޑރ. މާހާތީރު ވަނީ ބައްދަލު ކުރައްވާފަ އެވެ. މައުމޫން ފައުންޑޭޝަނުން ބުނީ އެ ބައްދަލްވުމުގައި ޑރ. މަހާތީރަށް މާދަމާ 100 އަހަރުފުޅު ފުރޭތީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސް މައުމޫންގެ ފަރާތްޕުޅުން ޚާއްސަ ހަދިޔާއެއް ދެއްވާފައިވާ ކަމަށެވެ.

އުފަންދުވަހުގެ ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން މަހާތީރަށް ދެއްވީ މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލް އެކެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ ރައީސް މައުމޫނާއި ޑރ. މަހާތީރު ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރައީސް މައުމޫނާއި ޑރ. މަހާތީރުއާ ދެ ބޭފުޅުންނަކީ ވަަރަށް ގާތް އެކުވެރި ދެ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު