ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ހުޅުމީދޫގައި ކުރީގެ ފުލުހަކަށް ހަމަލާދީ ޒަޚަމުކޮށްލައިފި

09 ޖުލައި 2025

|

އަޙުމަދު ޙަމީދު

ހުޅުމީދޫ

އައްޑޫ ސިޓީ ހުޅުމީދޫގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

މާރާމާރީގައި އަނިޔާވީ ކުރީގެ ފުލުހަކަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމީދޫގައި ބަޔަކު, މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލަ ރޭގެ ވަގުތެއްގައި ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މާރާމާރީ ގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ފަރުވާ ދިނުމަށް ފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

މާރާމާރީގެ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު