ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

އެމްއެމްޕީއާރުސީގެ ހަަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް މަޖިލީހުން ލަފާ ދީފި

09 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހަރަދުތައް ކުޑަކުރުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް ފާސްކޮށްފިއެވެ. 

މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެމްއެމްޕީއާރްސީއާއި އެމްޓީޑީސީގެ މާލީ ހާލަތާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށްފަހު ރިޕޯޓެއް އެކުލަވައިލާފައިވެއެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައިވެއެވެ. 

މިއަދު ފާސްކުރި ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެމްއެމްޕީއާރްސީއަކީ އެ ކުންފުނީގެ ހިންގުމުގެ ހަރދުތައް ހަމަޖެއްސުމުގައާއި ލޯނުތައް އަދާކުރުމުގައި ސަރުކާރުގެ މައްޗަށް ބަރޯސާވާންޖެހޭ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަމިއްލަ ފުދުންތެރިކަަމުގައި ހިންގާ ކުންފުންޏަކަށް ހެދުމަށްޓަކައި އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭކަން ފާހަގަކޮށްފަައިވެއެވެ. 

އެ ކުންފުނިންވަނީ އެ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އަޅާނެ ބައެއް ފިޔަވަޅުތައް ކޮމިޓީއާ ހިއްސާކޮށްފައެވެ. އެ ފިޔަވަޅުތަކުގެ ތަފުސީލު ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ޕްރޮމޯޝަނަށް ބޭނުންކުރާ ތަކެތި ޕްރިންޓުކުރުމުގެ ހަރަދު ކުޑަކުރުމާއި، ޝިޕިން ހަރަދުތައް ކުޑަކުރުމާއި ޖޮއިންޓް މާކެޓިން މަސައްކަތްތައް ކުރިއަށްގެންދިއުން ހިމެނެއެވެ. 

އޭގެ އިތުރަށް ކުންފުނީގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން މެމްބަރޝިޕް ފީ ބޮޑުކުރުމާއި، ކުންފުނިން އުފައްދާ ޕަބްލިކޭޝަންތަކުގައި އިޝްތިހާރު ޖެހުމަށް ވިއްކާ ސްލޮޓުތަކުގެ އަގު ބޮޑުކުރުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. 

އެހެންނަމަވެސް މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ކުންފުންޏަށް ލަފާ ދީފައިވަނީ އާމްދަނީ އިތުރުކުރާނެ އެހެނިހެން ގޮތްތައް ހޯދުމާއެކު ހަރަދު ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް ދިރާސާކޮށް އެ ފިޔަވަޅުތައް އަޅައި އެ ކުންފުންޏަކީ އަމިއްލަ އުފެއްދުންތެރިކަމުގައި ހިންގާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރުމަށެވެ. 

ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ ދަރަނި އިތުރުވީ ފާއިތުވި ސަރުކާރުގައި އެ ކުންފުނީގެ ދަރަނި ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު 1.6 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު 2021 ގައި 141 މިލިއަން ރުފިޔާ އަދި 2022 ގައި 42 މިލިއަން ރުފިޔާ އަދި 2023 ގައި 17.9 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. 

އަދި އެ ކުންފުނިންވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ފާއިތުވި އަހަރެއްހައި ދުވަހު ކުރެވުނު މަސައްކަތްތައް ފާހަގަކޮށްފައެވެ. އެގޮތުން ހަރަދުތައް 10 އިންސައްތަ ކުޑަކޮށް އެ ކުންފުންޏަށް ހިދުމަތްދޭ ޕިއާރް އެޖެންސީތަކުގެ އަދަދު 21 އިން ހަ ކުންފުންޏަށް މަދުކޮށް، ހަތަރު މިލިއަނެއްހައި ރުފިޔާ ސަލާމަތްކޮށްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު