ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

އިސްތަށިގަނޑުގައި ކަޅު ކުލަޖެއްސުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލިސް

09 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ފަތުވާ މަޖިލީހުގެ ނަން ބޯޑު

އިސްތަށިގަނޑުގައި ކަޅު ކުލަަޖެއްސުމަކީ ހުއްދަ ކަމެއްކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ދީފިއެވެ. 

އެ މަޖިލީހުން ފާއިތުވި ފެބްރުއަރީ 18 ވަނަ ދުވަހު ނެރުނު އަދި މިއަދު އާއްމުކުރި ފަތުވާގައި ބުނެފައިވަނީ އިސްތަށީގައި ކަޅު ކުލަޖެއްސުމާމެދު އިލްމުވެރިންގެ ދެ ރައުޔައެއް އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. ފުރަތަަމަަ ރައުޔައަކީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަނުވާނެކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔައެވެ. ދެވަނަ ރައުޔައަކީ އެކަން ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔައެވެ. 

ދެ ރައުޔައަކީވެސް ދަލީލުތަކުގެ މައްޗަށް ބިނާކުރައްވަައި އިލްމުވެރިން ކުރައްވާފައިވާ އިޖުތިހާދުގެ މައްޗަށް ހުކުމް ބިނާކުރައްވާފައިވާ ދެ ރައުޔަކަން ފަތުވާ މަޖިލީހުން ފާހަގަކުރިއެވެ. 

އިތުރަށް ފަތުވާ މަޖިލީހުން ބުނެފައިވަނީ މި މައްސަލައަކީ އިޖުތިހާދީ މައްސަލައަކަށްވާތީ އެ މައްސަލާގައި އިލްމުވެރިންގެ މެދުގައި އޮތް ދެ ރައުޔައަކީވެސް ސައްހަ ރައުޔައިގެ ގޮތުގައި އިލްމުވެރިން ގަބޫލުކުރައްވާ ދެ ރައުޔަ ކަމަށެވެ. 

އެހެންނަމަވެސް ފަތުވާ މަޖިލީހުން ދެކޭ ގޮތުގައި ބޮލުގައި ކަޅު ކުލަޖެއްސުން ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް، އެކަން ހުއްދަނުވާނެ ކަމުގައި ވިދާޅުވާ ބޭފުޅުންގެ ދަަލީލުތަކަށްވުރެ ވަރުގަދައެވެ. އެ ސަބަބަށްޓަކައި އެ މަޖިލީހުން ފަތުވާދީފައިވަނީ އިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު