ENGLISH
11 ސެޕްޓެމްބަރު 2025
ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި ކޮންގުރެސްއިން އެޅި މުހިއްމު ފިޔަވަޅު
09 ޖުލައި 2025
|
މަޖިލީހުގެ މަނަަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު، ފޮޓޯ: މަޖިލިސް
މިހާރު ރާއްޖޭގައި އަމަލުކުރަމުން އަންނަ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އުފަންވެގެންއައިއިރު އެ ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލުގެނެވޭނީ ރައްޔިތުންގެ އާއްމު ވޯޓަކުން ފާސްކޮށްގެން ކަމަށް ބުނެފައިވެއެވެ. އެއީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައެވެ.
އެ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނުގެ ތެރެއިން އެ މާއްދާގެ (ށ)ގައި ބަޔާންކުރާ މާއްދާތަކަށް ގެނެވޭ އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވަންވާނީ ރައްޔިތުންގެ އާއްމު ވޯޓެއްގައި ވޯޓުލީ ރައްޔިތުންގެ އަޣުލަބިއްޔަތުން އެ އިސްލާހުތައް ގެނައުމަށް ރުހޭކަމަށް ފާސްވެއްޖެ ހާލަތުގައި ކަމަށެވެ.
އެ އަކުރުގައި ބަޔާންކުރާ މާއްދާތަކަކީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުުގައި ހިމެނޭ ހުރިހާ މާއްދާތަކަަކާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ރިޔާސީ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަޔާންކުރާ މާއްދާތަކެވެ. މި މާއްދާތައް އިސްލާހުކުރަން މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރެއްވުމުގެ ކުރިން އެ ބިލާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަަތު އެއް ޕާޓީއަކަށް އޮންނަ ހާލަތުގައި 262 ވަނަ މާއްދާ ނުވަތަ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް ތަސްދީގުކުރުމާއި، އެ އިސްލާހުތަކުގެ ތެރެއިން އާއްމުންގެ ރުހުން ނެތި ތަސްދީގުނުކުރެވޭނެ އިސްލާހުތައް ބަޔާންކުރާ މާއްދާ އިސްލާހުކުރުމަށް އެ މާއްދާއިން ހުރަހެއް ނާޅަައެވެ.
ފަހަރުގައި އެގޮތަށް އެ މާއްދާ ލިޔެފައި އޮތް ސަބަބަކީ ދުސްތޫރީ އަދި ގާނޫނީ އިލްމުގެ އަސާސްތަކަށް ރިއާޔަތްކޮށް އެ މާއްދާއަށް ނެތް ހިމާޔަތެއް އެ މާއްދާއިން އެހެން މާއްދާތަކަށް ފޯރުކޮށްނުދެވޭނެކަމަށް ގާނޫނުއަސާސީ ފަރުމާކުރެއްވި ބޭފުޅުންނަށް ގަބޫލުކުރެއްވުންކަމަށް ވެދާނެއެވެ. ނަމަވެސް ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ސާފުކޮށް ސަރީހަކޮށް އެފަދަ ހިމާޔަތެއް ނެތްނަމަ އެ މާއްދާ ބަދަލުކުރުމަށް ހުރަހެއް އޮތް ކަމުގައި ބަލަންޖެހޭ ސަބަބެއް ނެތްކަން ފާއިތުވި 17 އަހަރުގެ ތަޖުރިބާއިން ކަށަވަރުވެއެވެ.
މި މާއްދާގައި ބަޔާންކުރާ އިސްލާހުތަކާމެދު އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ބިލެއް މިހާރު އޮތީ މަަޖިލީހަށް ހުށަހެޅިފައެވެ. އެބިލުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ދެއްކެވި ވާހަކަފުޅުގައި އޭނާ ފާހަގަކުރެއްވީ މިކަމެވެ.
"ގާނޫނުއަސާސީގެ ބައެއް މާއްދާތައް ރައްޔިތުންގެ ހިޔާލު ހޯދައިގެން ނޫނީ ބަދަލުނުކުރެވޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެފައި އޮތް. ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ހައްގުތަކާއި، ރިޔާސަަތުގެ ދައުރާއި، މަޖިލީހުގެ އުމުރު ފަދަ މުހިއްމު މާއްދާތަކެއް ރައްޔިތުންގެ ހިޔާލު ހޯދައިގެން މެނުވީ ބަދަލުނުކުރެވޭނެކަމަށް. އެހެންނަމަވެސް އެގޮތަށް ބަޔާންކުރާ މާއްދާ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާ އެގޮތަށް ބަޔާންކުރަނީ މި މާއްދާގައި، މި މާއްދާ ބަދަލުކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެންކަމަށް ގާނޫނުއަސާސީ ލިޔުނުއިރު ލިޔެފައި ނެތް،" މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ އެ މާއްދާ އޮތް ގޮތުން މިހާރު މަޖިލީހުގައި އޮތް ކޮންގުރެސް ޕާޓީގެ އަޣުލަބިއްޔަތު ބޭނުންވެއްޖެނަމަ އެ މާއްދާ ބަދަލުކޮށް އެ މާއްދާގައި ބަޔާންކޮށްފައި ހުރި ކަންކަން ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ބަދަލުކުރެވޭ ގޮތަށް އެ މާއްދާަ އިސްލާހުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
ނަމަވެސް ޕީއެންސީން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެ މާއްދާއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެންކަމަށް ކަނޑައަޅާފަައިވާކަން ހުސްނީ ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަަރަހައްދަށް ބަދަލެއް ގެންނަނަމަ ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭ ގޮތަށް ބަދަލުކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
"ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާަސީ އިސްލާހުކުރިއިރުވެސް މި މާއްދާ ބަދަލުކުރެވެން އޮތް. މާނައަކީ އަޅުގަނޑުމެންނަށް މިި މާއްދާގައި ރައްޔިތުންގެ ހިޔާލު ހޯދަންނުޖެހޭނެ ކަމަަށް ލިޔެވެން އޮތޭ. އެހެންނަމަަވެސް މި މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ތެރޭގައި އޮންނާނީ މި މާއްދާއަށްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެންކަމަށް ކަނޑައަޅައި މި މާއްދާ ލޮކްކޮށްފައި،" ހުސްނީ ވިދާޅުވިއެވެ.
މި މާއްދާ އިސްލާހުކޮށް އެ މާއްދާ ހިމާޔަތްނުކުރިނަމަ އެ މާއްދާގައި ހިމާޔަތްކޮށްފައި ހުރި ކަންކަން ކަމުގައިވާ އަސާސީ ހައްގުތަކާއި ރިޔާސީ ދައުރާއި މަޖިލީހުގެ އުމުރު ފަދަ ކަންކަން ބަދަލުކުރުމަށް މަގުފަހިކުރެވުނީސްކަން ފާހަގަކުރައްވަމުން މުބާރަކު ވިދާޅުވީ ޕީއެންސީން ގެނައި އިސްލާހާއެކު ގާނޫނުއަސާސީއަށް އިތުރު ހިމާޔަތެއް ލިބިގެންދިޔަ ކަމަށެވެ.