ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޓެކްސް ފައިސާ މުއްދަތުގެ ކުރިން ހަމަޖައްސައިދޭނެ: ޑރ.ހައިދަރު

09 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އަލީ ހައިދަރު

މެލޭޝިޔާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން ސަރުކާރު ސްކޮލާޝިޕުތަކާއި ލޯނު އެހީގައި ކިޔަވަމުންދާ ދަރިވަރުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޓެކުސް ދެއްކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހަމަޖައްސައިދޭނެ ކަމުގައި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. 

މެލޭޝިޔާގެ ގާނޫނުތަކަށް ގެނައި ބަދަލަކާ ގުޅިގެން އެ ގައުމުގައި ކިޔަވާ އެހެނިހެން ގައުމުތަކުގެ ދަރިވަރުންގެ އަތުން ޓެކުހެއް ނެގުމަށް ވަނީ ނިންމާފައެވެ. ގާނޫނުގައި ބުނެފައިވަނީ އަހަރެއްގެ މައްޗަށް ޓިއުޝަން ފީގެ ގޮތުގައި 60،000 ރިންގިޓު އަދި އެއަށްވުރެ ބޮޑު އަދަދެއް ހަރަދުކުރާ ބޭރު ދަރިވަރުން ޓެކުސް ދައްކަންޖެހޭނެއެވެ. 

މިގޮތަށް ޓެކްސް ފައިސާ ދައްކަަންޖެހޭ ދަރިވަރުންނަށް ސަރުކާރުން އެ ފައިސާ ހަމަޖައްސައިދޭނެ ކަމުގައި މިނިސްޓަރު ޑރ.ހައިދަރު ވިދާޅުވެފައިވެއެވެ. އަދި ޓެކްސް ދައްކަންޖެހޭ ދަރިވަރުންނަށް އެ ފައިސާ ފޮނުވުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ. 

މިނިސްޓަރުވަނީ ޓެކްސް ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ހުރިހާ ދަރިވަރުންނަަށްވެސް އެ ފައިސާ ފޮނުވައި ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ދަރިވަރުންނަށް އިތުރު ބުރައެއް ނުވަތަ ތަކުލީފެއް އުފުލަންނުޖެހޭނެކަން ކަށަވަރުކުރުމުގެ ގޮތުން ޓެކުސްއާ ގުޅިގެން އިތުރު ފައިސާއެއް ދަރިވަރުން ދައްކަންޖެހޭނަމަ އެ ފައިސާވެސް ސަރުކާރުން ހަމަޖައްސައިދޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. 

މެލޭޝިޔާއަކީ މިހާރު ދިވެހިން އެންމެ ގިނައިން ތައުލީމު ހާސިލުކުރުމަށް ދާ ގައުމެވެ. އެގައުމުގެ އެކި ޔުނިވަސިޓީތަކުގައި ދިވެހި ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ ސަރުކާރު ސްކޮލާޝިޕުތަކާއި ސަރުކާރުން ދޫކުރާ ސްޓޫޑެންޓު ލޯނުގައެވެ. 

ކިޔުންތެރިންގެ ހިޔާލު