ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ބެޓިން ސައިޓްތައް އިޝްތިހާރު ކުރަން ޕީއެސްއެމްގެ ލޯގޯ ބޭނުން ކުރާ މައްސަލަ ބަލަނީ

09 ޖުލައި 2025

|

އަޙުމަދު ޙަމީދު

ޕީއެސްއެމްގެ ޓީވީ ބިލްޑިންގެ ނަން ބޯޑް -- ފޮޓޯ: އެޑިޝަން

‎ބެޓިން ސައިޓްތައް އިޝްތިހާރު ކުރަން ޕީއެސްއެމްގެ ލޯގޯ ބޭނުން ކުރާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ލޯގޯއާ ބްރޭންޑް ބޭނުން ކޮށްގެން ބެޓިން ސައިޓްތައް އިޝްތިހާރު ކުރުމަށް އޭއައި އިން އުފައްދާފައިވާ ވީޑިއޯއާ އޯޑިއޯ ދައުރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

‎އަދި ބުނީ އެ މައްސަލައާ ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ.

ބެޓިން ސައިޓްތައް އިޝްތިހާރުކޮށް އެކަމުން ލިބޭ ނަފާ ބުނެދޭން ހަދާ އިޝްތިހާރުތަކުގައި ޕީއެސްއެމްގެ ޚަބަރު މަންޒަރުތަކާއި ލޯގޯ އަދި ބްރޭޑިން ދަނީ ބޭނުން ކުރަމުންނެވެ. އެ ވީޑިއޯތަކަށް އޭއައި ބޭނުން ކޮށްގެން ހުންނަނީ އަޑު އަޅާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު