ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެއް ތަޙުޤީޤު ކުރަނީ

08 ޖުލައި 2025

|

އަޙުމަދު ޙަމީދު

ށ. މިލަންދޫ

ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެއް ތަޙުޤީޤު ކުރަން ފަށައިފި އެވެ.

އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މިރޭ ޔަޤީން ކޮށް ދީފަ އެވެ.

ދިވެހި ފުލުހުން ޚިދުމަތުން ބުނީ މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބެންކު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެއް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ފުލުހުން މާލެ ގެނެސްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ތުހުމަތު އޮތީ ކިހާ އަދަދެއްގެ ފުލުހުންނަށް ކަމެއް އަދި އެ ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ކިހާ އަދަދެެއްގެ ފައިސާއެއް ކަމެއް ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި އެ ފުލުހުންގެ މައްޗަށް އޮތީ ކޮއްތު ފައިސާ އެ މީހުންގެ އަމިއްލަ އެކައުންޓަށް ޖަމާ ކުރުމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު