ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ފެނަކައިގެ ޗެއަރޕަރސަންގެ މަގާމަށް ޝާމް ހަމަޖައްސަވައިފި

08 ޖުލައި 2025

|

އަޙުމަދު ޙަމީދު

ނ.ފޮއްދޫ، ޔާޤޫތުގޭ ހުސެއިން ޝާމް އާދަމް

ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ ޗެއަރޕަރސަންގެ މަޤާމަށް ނ.ފޮއްދޫ، ޔާޤޫތުގޭ ހުސެއިން ޝާމް އާދަމް ހަމަޖައްސަވައިފި އެވެ.

އެކަން ބީސީޕީން ވަނީ ޢިއުލާނު ކޮށްފަ އެވެ. ޕީސީބީން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމާއި އަދި ޗެއަރޕަރސަންގެ މަޤާމަށް ހުސެއިން ޝާމް އާދަމް އައްޔަނު ކޮށްފައިވާ ކަމަށެވެ.

އޭނާ ކުރީން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުގަ އެވެ. އޭގެ ކުރީން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ވެސް ކުރެއްވި އެވެ.

ފެނަކައިގެ ޗެއަރޕަރސަންގެ މަޤާމުގައި ކުރީން ހުންނެވީ މ. ލާލުބާގް އަހްމަދު ޝަހީރު އެވެ. ޝަހީރު, އެ މަޤާމުން ވަކި ކުރައްވާ މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އައްޔަނު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު