ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

އެސްއޯ މޯލްޑިވްސް އާއި ސިޑިބަރިއާ ދެމެދު އެއްބަސްވުމެއް

08 ޖުލައި 2025

|

އަޙުމަދު ޙަމީދު

އެސްއޯ މޯލްޑިވްސް އާއި ސިޑިބަރިއާ ދެމެދު އެއްބަސްވުމެއް ގާއިމު ކުރުން --

ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް (އެސްއޯއެމް) އާއި ސިޑިބަރި އާ ދެމެދު ޑިޖިޓަލް މީޑިއާ ޕާޓްނަރޝިޕް އެއްބަސްވުމެއް ގައި ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ކުޑަ ހަފުލާއެއްގައި އެސްއޯ މޯލްޑިސްވްްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕާރސަން އިބްރާހިމް ރަމީޒު (އިބޭ) އެވެ. ސިޑިބަރީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ރައިހާން އެވެ.

މި އެއްބަސްވުމުގެދަށުން އެސްއޯ މޯލްޑިވްސްގެ މީސްމީޑިއާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި އެސްއޯއެމް އިން ބާއްވާ އެކި އިވެންޓުތަކާއި ބްރޭންޑިން އަދި މާކެޓިންގ ހަރަކާތްތަކުގައި ސިޑިބަރިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ސިޑިބަރި އެމްވީ އަކީ ރާއްޖޭގައި ބާއްވާ ގިނަ މުބާރާތްތައް, ޚާއްސަކޮށް ކުޅިވަރުގެ އެކި ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯ ގެނެސްދޭ ހުނަރުވެރިންތަކެކެވެ. އަދި ބައެއް އިވެންޓުތަކުގެ މާކެޓިންގ އަށް ބޭނުންވާ ކަންކަން ވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު