ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމަށް ބޮޑު ތަރުހީބެއް؛ ކުރިމަތިލި ދުޅަހެޔޮ އެންމެންނަށް ފުރުސަތު ލިބޭނެ

08 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ ރައީސް މިއަދު ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ދުޅަހެޔޮ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފަށާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގުރާމަށް 1،244 ޒުވާނުން ކުރިމަތިލައިފިއެވެ. 

ދިފާޢީ ވުޒާރާއިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއިކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ޕްރޮގުރާމަށް ކުރިމަތިލި 1،244 ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަަހެޔޮކަން ހުރި ހުރިހާ އެންމެނަށްވެސް ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. 

އަދި ކުރިމަތިލި މީހުންނަށް ފުރުސަތު ދެމުންދާނީ ކުރިމަތިލި ތަރުތީބުން ނަންތައް ލިސްޓުކުރުމަށްފަހު އެ ތަރުތީބުންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ވުޒާރާއިން ބުނީ މި ޕްރޮގުރާމުގެ އެއް ބުރު ނިމުމާއެކު ދެވަނަ ބުރަށްވެސް އިއުލާނުކުރާނެ ކަމަށެވެ. 

ތަމްރީނު ޕްރޮގުރާމަށް ކުރިމަތިލީ ޒުވާނުންނަށް ތަމްރީނުން ޖާގަ ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށާއި، ފުރަތަމަ ބުރަށް ޝޯޓުލިސްޓުވެފައިވާ މީހުންނަށާއި ރިޒާަވް ކެންޑިޑޭޓުންގެ ގޮތުގައި ޝޯޓުލިސްޓުވި މީހުންނަށް ސިލެކްޝަން ޕްރޮސެސް ކުރިއަށްގެންދިޔަ ގޮތާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން ބުނީ މި ޕްރޮގުރާމުގެ ސެލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާކަމަަށާއި، ކުރިމަތިލީ ޒުވާނުންނަށް އެންމެ ފަސޭހައިން ހާޒިރުވެވޭނެ ސްޓޭޝަނެއްގައި ސެލެކްޝަން ޕްރޮސެސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދޭނެ ކަމުގައެވެ. 

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސަރވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ވަރަށް ޚާއްޞަ ވަޠަނީ މަޝްރޫޢެކެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު