ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ދިވެހި ޢުމްރާވެރިން، މިފަހަރު ޤައުމީ އެއާލައިންގައި ސަޢުދީއަށް

08 ޖުލައި 2025

|

އިސްމާއީލް ރާތިއު

މޯލްޑިވިއަން ފްލައިޓުގައި ދިވެހި ޙާޖީން، ސަޢުދީއަށް ދިއުމަށް ބޯޓަށް އަރަނީ-- ފޮޓޯ: މޯލްޑިވިއަން

މި އަހަރު ޙައްޖު މޫސުމުގައި ކުރި ތަޖުރިބާއާ އެކު، ޤައުމީ އެއާލައިން، މޯލްޑިވިއަނުން ސަޢުދީއަށް ޢުމްރާ ދަތުރުތައް ވެސް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަނުން ބުނީ، މި މަހުގެ ފަހުކޮޅު ޢުމްރާ ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށާއި، އެގޮތުން ޖުމްލަ ތިން ފްލައިޓެއްގައި ޢުމްރާވެރީންނާ އެކު ސަޢުދީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، މި އަހަރަށް ބަހާލައިގެން އިތުރު ދަތުރުތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.

އެންމެ ފުރަތަމަ ތިން ފްލައިޓުގައި ސަޢުދީއަށް ގެންދަން ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަނުގެ ދެ ބެޗެއްގެ ޢުމްރާވެރީންނާއި އަމިއްލަ ގްރޫޕެއް ކަމަށްވާ "އަލް މުސާފިރު" ގްރޫޕުގެ އެއް ބެޗުގެ ޢުމްރާވެރީން ކަމަށް، މޯލްޑިވިއަނުން ބުނެއެވެ. އަދި، ޙައްޖު ކޯޕަރޭޝަންގެ ދަތުރުތައް އޮންނާނީ، މި މަހުގެ 27،22 ދެ ދުވަހު ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

މި އަހަރު ޙައްޖަށް، ޙާޖީން ގެންދިއުމުގެ ފީޑްބެކް ވަރަށް ރަނގަޅު ކަމަށާއި، އެކަމުގެ ތެރެއިންވެސް ޙާޖީންގެ އިތުރުން، ޙައްޖު ކޯޕަރޭޝަނުންވެސް، ޢުމްރާ ދަތުރު ކޮށްދިނުމަށް އެދިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ޢުމްރާ ދަތުރުތަކުގައި ބޭނުންކުރާނީ، އޭ330 މަރުކާގެ ވައިޑް-ބޮޑީ ބޯޓު ކަމަށާއި، އޭގެ އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

މިހާތަނަށް ދިވެހީން ޢުމްރާއަށް ގޮސްފައިވަނީ ސަޢޫދިއާ އެއާލައިނުން ނަމަވެސް، ޤައުމީ އެއާލައިނުން މި ދަތުރުތައް ފެށުމުން މިކަމަކީ ދިވެހީންނަށް ލިބިގެންދާ އިތުރު ހިތްހަމަޖެހުމަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު