ENGLISH
21 ޖޫން 2026
މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިސްމާޢީލް މުޙަައްމަދު އަވަހާރަވެއްޖެ
21 ޖޫން 2026
|
މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިސްމާޢީލް މުޙަައްމަދު
އެންމެ މަޤްބޫލު
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙަައްމަދު މިރޭ އަވަހާރަވެއްޖެ އެވެ.
މއ. ތޮއިބާ، ޝެއިޚް މުޙައްމަދު އިސްމާޢީލަކީ ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ރާއްޖެ ދުށް އެންމެ ފާހަގަކޮށްލެވޭ ޢިލްމުވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޝެއިޚް މުޙަައްމަދު އިސްމާއީލަކީ މަދީނާއިން ގްރެޖްއޭޓްވީ ފުރަތަމަ ދިވެހި ދަރިވަރެވެ. އަދި ރާއްޖޭގައި މިއަދު އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރީންނަކީ ޝެއިޚްގެ ވަރަށް ބޮޑު އެހީތެެރިކަމާއެކު ކިޔަވާ ވިދާޅުވި ބޭފުޅުންނެވެ.
ޝެއިޚް ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ފަނޑިޔާރުކަން ވެސް ވަނީ ކުރައްވާފަ އެވެ.
ރައީސް ނާސިރުގެ ދުވަސްވަރު ވަރަށް ހިތްދަތި ތަޖުރިބާކުރައްވަން ޖެހިވަޑައިގަތެވެ. މަޝްހޫރު ތޮއިބާ ސުކޫލަކީ ޝެއިޚްގެ އަމިއްލަފުޅު ސުކޫލެކެވެ. ނަމަވެސް ދައުލަތުން ވަނީ އަސާސެއް ނެތް ތުހުމަތެއް ކުރައްވާ އެތަން ބަންދުކޮށްފަ އެވެ. ފަހުން ޝެއިޚްގެ އަމިއްލަފުޅު ބިން ވެސް ދައުލަތަށް ނެގީ އެވެ.
މިހާރުގެ ތޮއިބާ މިސްކިތް ބިނާކޮށްފައިވަނީ އެ ބިމުގަ އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިރޭ ބުނީ ޝެއިޚް މުޙަައްމަދު އިސްމާއީލް ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައެވެ.
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވީއިރު އެމަނިކުފާނުގެ ދީލަތި އެހީގައި މިސްކިތެއް ދަނީ ބިނާކުރަމުންނެވެ.
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ރެޑްވޭވް ކައިރި ވަގުތީ މިސްކިތް ހުރިތަނުގައި އަޅާ މި މިސްކިތުގެ ބިންގާ މާޗް 5، 2025 ގައި އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މަސްޖިދު އުންމުލްމުއުމީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ގެ ނަމުގައި ބިނާ ކުރާ މި މިސްކިތުގެ މަސައްކަތް މެނޭޖްކުރަނީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ. އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތްހުރި ތަނުގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާކުދިންނަށް، ނަމާދުގެ ފަހުން ކިޔަވަން ރިސާރޗް ހަަދަން/ އެސައިންމަަންޓް ހަދަން ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާ އެކު ދެ ފަންގިފިލާއަށް ބިނާކުރެވޭ މިސްކިތެކެވެ.
މި މިސްކިތުގައި އެތެރެއާއި ބޭރާއެކު ދެ ހާސް ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެއެވެ. މި މިސްކިތަކީ ރިސާރޗް ލައިބްރަރީއަކާ އެކު ގާއިމު ކުރާ ފުރަތަމަ މިސްކިތެވެ. މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ.