ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ފެންކުންފުނީގެ ޑީއެމްޑީގެ މަޤާމުން ފަޒީލް ވަކިކޮށްފި

08 ޖުލައި 2025

|

އަޙުމަދު ޙަމީދު

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު: މިއަދު ވަނީ މަޤާމުން ވަކި ކުރައްވާފައި

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު އެ މަޤާމުން މިއަދު ވަކިކުރައްވައިފި އެވެ.

އޭނާ މިއަދު މަޤާމުން ވަކިކުރެއްވިއިރު ހުންނެވީ ސަސްޕެންޝަން ގަ އެވެ. އެއީ ބިންވެރިޔާ ސްކީމުގެ އުސޫލުން ބޭރުން ހުޅުމާލެ އިން ބިން ހޯދި ކަމަށް ބުނާ މައްސަލާގަ އެވެ. ފަޒީލް ސަސްޕެންޑް ކުރީ 19 ޑިސެމްބަރ 2024 ގަ އެވެ.

އެމްޑަބްލިއުއެސްސީ އިން މިއަދު ބުނީ ސަސްޕެންޑް ކޮށްފައިވާ މިކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު މާދަމާ އިން ފެށިގެން އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާ ކަމަށެވެ.

މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކުންފުނިން އިތުރަށް ބުނީ މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުޤީޤާ އެކު އިސް މަޤާމެއް ގައި މުސާރަޔާ އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމުގައި ބޯޑުން ދެކޭ ކަމަށެވެ.

އުސޫލުންތަކުން ބޭރުން، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވަނީސް ފަޒީލް އަށް ހުޅުމާލެ އިން ބިމެއް ލިބިފައިވާ މައްސަލައިގެ ތަހުޤީޤު ފުލުހުން ފެށި އިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދެވެ. 

މި މައްސަލަތައް ފަޅާއެރުމާ އެކު ފަޒުލްވެސް ސަސްޕެންޑް ކުރި އެވެ. ފަހުން އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު