ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ރައީސްގެ މަސައްކަތްޕުޅަކީ ގޯސް ވެރިންނަަށް ބޭނުން ގޮތެއް ނުހެދޭނެހެން ނިޒާމު ބަދަލުކުރުން: ފަލާހު

08 ޖުލައި 2025

|

އުމްނާ އިސްމާޢީލް

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ އެންމެ މުހިއްމު އެއް މަސައްކަތްޕުޅަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަމަށް ގޯސް ވެރިންނަށް ވަޑައިގެންނެވުނަސް ބޭނުންފުޅުވާހާ ގޮތަކަށް ކަންކަން ނުކުރެއްވޭނެ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް ބައްޓަންކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޭރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހެޅުއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުނެގުމުގެ ބިލު ހުށަހަޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ފަލާހު ވިދާޅުވީ މިފަދަަ ބިލުތަކަކީ ރާއްޖޭގެ ކަންކަން އެންމެ ރަނގަޅު އުސޫލުތަކާއި އިންތިޒާމުތަކުގެ ތެރެއިން ކުރިއަށް ގެންދެވުމުގެ ވިސްނުންފުޅާއި އިހުލާސްތެރި ނިޔަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ހިތްޕުޅުގައި އޮތްކަމުގެ ސާފު ހެއްކެއް ކަމަށެވެ. 

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ގައުމަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަންތައްތައް ކޮށްފައިވާ ކަަމަށެވެ. ފަލާހު ގަބޫލުކުރައްވާ ގޮތުގައި މިއަދުވެސް ރާއްޖެދަނީ އެކަމުގެ "ވޭންތައް" އުފުލަމުން ކަމަށެވެ. ސަރުކާރުގެ ފަރާތުން މިފަދަ ބިލެއް ހުށަހަޅާފައިވަނީ ދެން އަންނަ ސަރުކާރުތަކަށް "ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ" ކަން ކަށަވަަރުކުރުމަށް ކަމަށެވެ.  

"މިއަދު ހަގީގަތުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ މިއަދުގެ ސަރުކާރުން މި ކުރައްވާ ކަމަކީ މިކަންކަން، ގޯސް ވެރިން އައިސް އެ ވެރިންނަށް ބޭނުންހާ ގޮތަކަަށް ކަންކަން ނުކުރެވޭނެ ގޮތަށް ގާނޫނުތަކާއި ގަވާއިދުތަކާ ބައްޓަންކުރަން މިގެންދަނީ. ހަގީގަތުގައި މިއީ މީގެކުރިން ފާސްވެފަ އޮންނަން ޖެހޭ ގާނޫނެއް."

މިއީ މީގެކުރިން ފާސްވެފައި އޮންނަން ޖެހޭ ގާނޫނެއްކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ މިކަމުން ވެސް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ ރައްޔިތުން ބާރުވެރިކުރުވުމުގެ ލާމަސީލު މިސާލެއް ކަމަށެވެ. އަދި މިއީ ދުރުވިސްނޭ، އިޚްލާސްތެރި ވެރިޔަކު ހޮވުމުގެ ރަނގަޅު ނަތީޖާ ކަަމަށް ވިދާާޅުވުި އެވެ.

"އެހެންވީމަ އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ އަކީ ހަގީގަތުގައި ދިވެހި ރައްޔިތުން ބާރުވެރިކުރުވުމުގެ ލާމަސީލު ނަމޫނާ ރައީސެކޭ. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ ހަގީގަތުގައި މިއީ ގައުމުތަކަށް ރަނގަޅު ކިޔަވައިގެން ތިބި ދުރުވިސްނޭ ގައުމަށް ހެޔޮ އެދޭ އިޚްލާސްތެރި ވެރިން ހޮވުނީމަ ރައްޔިތުންނަށް ލިބޭ ފައިދާ މި ފެންނަނީ. " ފަލާހު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު