ENGLISH
10 ޖުލައި 2025
ޖޭއެސްސީގެ އާއްމުންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް
08 ޖުލައި 2025
|
ރައްޔިތުންގެ މަޖިލިސް، ފޮޓޯ: މަޖިލިސް
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އާއްމުންގެ ފަރާތުން ކޮމިޝަނުގައި އިންނަވާ މެންބަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ދިހަ މެންބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގައި ހިމެނޭ ޢާއްމުންގެ ތެރެއިން ހޮވޭ މެންބަރަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހެކެވެ. މަޖިލީހުން އެމީހާ ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައެވެ. އެ މަގާމަަށް މަޖިލީހުން މީހަކު ކަނޑައަޅަނީ އާއްމުކޮށް އިއުލާނުކުރުމުން އެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިންނެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގަައި މަޖިލީހުގެ އަމީން އާއްމުވަނީ މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި އާއްމުންގެ ފަރާތުން އިންނަވާ މެންބަރުކަމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވައިލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ނަން އިއްވަވާފައެވެ. އެ ބޭފުޅުންނަކީ:
1- އަލްއުސްތާޛު އިބްރާހީމް ޒާހިދު، ލިލީމާގެ، ގދ.ވާދޫ
2- އަލްއުސްތާޛު އަލީ އިބްރާހީމް، ހުޅުމާލޭ ފުލެޓު ނަންބަރު 108-ޖީ-1
3- އަލްފާޟިލް އަލީ އާމިރު، މއ.ޕެންޒީވިލާ
4- އަލްފާޟިލް އިދުރީސް ފައުޒީ، ފަހިވާގެ، ލ.ކަލައިދޫ
5- އަލްއުސްތާޛު އަޙްމަދު ޝާފިޢު، އުދަރެސް، ހއ.އިހަވަންދޫ
6- ޑރ.ހުސައިން ފާއިޒު، ދަފްތަރު ނަންބަރު: 1325
7- އަލްއުސްތާޛު ހަސަން ވަހީދު، ރަންކޮކާގެ، ދ.ކުރިނބީ
8- އަލްފާޟިލް އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު: ރސ1851
މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާނުކުރައްވާފައިވެއެވެ. މި ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު މާކްސްދީ އެންމެ މަތިން މާކްސް ލިބިވަޑައިގަންނަވާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ފާސްކޮށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ކޮމިޓީން ފޮނުވާނެއެވެ.