ENGLISH

10 ޖުލައި 2025

Advertisement

ދިވެހިބަސް ކުރިއެރުވުމުގައި ލިޔުންތެރިން އަދާކުރާ ގައުމީ ޒިންމާއަށް ރައީސްގެ ތާރީފު

08 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮޓޯ: --ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ދިވެހި ލިޔުންތެރިން އަދާކުރައްވާ ދައުރު ފާހަގަކުރައްވައި ލިޔުންތެރިންގެ ގައުމީ ހިދުމަތަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތާރީފުކުރައްވައިފިއެވެ. 

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ އަށްވަނަ ދުވަހު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ހާއްސަ މެސެޖެއްގައި ރައީސްވަނީ ދިވެހި ބަހުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެ އުފެދި އެނަމުން މި ގައުމަށް ނަން ދެވުނީ ދިވެހި ބަހުގެ ސަބަބުންނެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ގައުމީ ހަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށެވެ. އަދި ދިވެހިބަހަކީ އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް ދެމިއޮތުމުގެ މައިގަނޑު ސަބަބުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ގައުމީ ޒިންމާއެއްކަން ފާހަގަކުރައްވައި ލިޔުންތެރިން ކުރައްވާ އަގުހުރި ހިދުމަތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ލިޔުންތެރިންނަށް ރައީސް އަރިސްކުރެއްވިއެވެ. 

ދިވެހި ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ޖުލައި އަށްވަނަ ދުވަސް ފާހަގަކުރަމުންދާއިރު އެ ދުވަސް ފާހަގަކުރުމަށް ދިވެހި ބަހުގެ އެކަޑެމީއާއި ލިޔުންތެރިންގެ ޖަމްއިއްޔާ ޖަމާއަތްތަކުން ހާއްސަ ހަރަކާތްތައް ބާއްވައެވެ. ކޮންމެ އަހަރަކުވެސް ލިޔުންތެރިންގެ ދުވަސް ހާއްސަކުރަނީ ރާއްޖޭގެ މުހިއްމު ލިޔުންތެރިންގެ ތެރެއިން ބޭފުޅެއްގެ ހަނދާނަށެވެ. 

ކިޔުންތެރިންގެ ހިޔާލު