ENGLISH
08 ޖުލައި 2025
އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާއި މުޢާމަލާތް ކޮށްފައެއް ނުވާނެ: އެމްއޭސީއެލް
07 ޖުލައި 2025
|
ވީއައިއޭގެ އާ ޓާމިނަލް --
ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެއްވެސް މުޢާމަލާތެއް ކޮށްފައެއްނުވާނެ ކަމަށް މޯލްޑިވެސްއެއާޕޯޓްސްކޮމްޕެނީލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބުނެފި އެވެ.
އެ ކުންްފުނިން އެކަން ހާމަކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން އެމް.އޭ.ސީ.އެލްއިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިޒްރޭލާށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ ރާއްޖެޓީވީއިން ސޯޝަލް މީޑިއާގެ މަންސަތަކުގައި ދައުރުކުރަމުން އަންނަ ވީޑިއޯއާއި ގުޅޭ ގޮތުންނެވެ.
އެ ކުންފުނިން ބުނީ އެމް.އޭ.ސީ.އެލްއަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމާށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އަދި ބުނީ ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާނެ ކަމަށެވެ.
ވަކިން ޚާއްސަކޮށް، ރާއްޖެޓީވީއިން އެމް.އޭ.ސީ.އެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް އެ ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް ވަނީ ދީފަ އެވެ.
އެ ކުންފުނިން ބުނީ ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު މިވާހައަކީ އެއްވެސް އަސްލެއްނެތް، އަދި އެ ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ނޫސްވެރިކަމުގެ ގިއުގަނޑުތަކުގެ ތެރޭގައި ތެދު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"...އެނގިވަޑައިގަންނަވާނެ ފަދައިން، އެމް.އޭ.ސީ.އެލްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، އެމް.އޭ.ސީ.އެލްއާ މެދު މިފަދަ ސާބިތުނުހިފޭ، ހަގީގަތާއި ޚިލާފު އަދި ސްޓޭކް ހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް މި ކުންފުނިން މިގެންދަނީ ބަލަމުންނެވެ,"
އެގޮތުން ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ޤާނޫނުން ކަނޑައަޅާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މި މައްސަލަ ހުށައެޅުމަށްޓަކައި އެ ކުންފުނިން މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ މީޑިއާތަކުން އެމް.އޭ.ސީ.އެލްއަށް ދެމުން ގެންދާ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކޮށްފަ އެވެ.