ENGLISH
08 ޖުލައި 2025
ރާއްޖެޓީވީގެ ބޮޑު ދޮގެެއް: ޓާރމިނަލް ހުޅުވާ ހަފުލާ އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް ދިން ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގު
07 ޖުލައި 2025
|
ވީއައިއޭ އާ ޓާމިނަލް --
އެއާޕޯޓްގެ އާ ޓަރމިނަލް ހުޅުވާ ޙަފުލާގެ ކަންކަން އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށް ބުނެ ސަރުކާރާއި ދެކޮޅަށް ޚަބަރުފަތުރާ ރާއްޖެ ޓީވީން ފަތުރަމުން ދަނީ ބުހުތާނު ދޮގު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ރާއްޖެ ޓީވީން ދަނީ އެއާޕޯޓްގެ އާ ޓަރމިނަލް ހުޅުވާ ޙަފުލާގެ ކަންކަން ބަނާނާ ސްޕްލިޓް ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ބުހުތާނު ދޮގު ފަތުރަމުންނެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފަސް މިލިއަން ޑޮލަރަށް ކަމަށް ބުނެ ވެސް ދަނީ ދޮގު ވާހަކަތައް ފަތުރަމުންނެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްޢާން އެމްއެމްޓީވީއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖެ ޓީވީން ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެއީ ސީދާ ކަނޑައެޅިގެން ފިތުނަ އުފެއްދުމަށް ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޑީއެމްޑީ ވިދާޅުވި ގޮތުގައި އެއާޕޯޓް ހުޅުވުމުގެ ކަންކަމުގެ އެއްވެސް ކަމެއްގައި ބަނާނާ ސްޕްލިޓް ކުންފުނިން އެއްވެސް ދައުރެއް އަދައެއް ނުކުރާނެ އެވެ. އެ ކުންފުންޏަކަށް އެއްވެސް މަސައްކަތެއް ހަވާލުކޮށްފައި ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ކުންފުންޏާއި އެއްވެސް ޑީލެއް ނޯންނާނެ. އަދި ދަންނަވަންތޯ، ރައްޔިތުންނަށް ޔަޤީންކަން އަރުވަން އިޒްރޭލަށް ފަންޑުކުރާ އެއްވެސް ކުންފުންޏަކަށް އެއްވެސް ކަމެއް ހަވާލެއް ނުކުރާނެ ކަން،" ލަމްޢާން ވިދާޅުވި އެވެ.
ލަމްޢާން ވިދާޅުވި ގޮތުގައި އެފަދަ ދޮގު ވާހަކަތައް ފެތުރުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެކަން ކަމާބެހޭ އިދާރާތަކަށް ހުށައަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަކީ ރައީސުލްޖުމްްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހޯދި ވަރަށް ބޮޑު ކާމިޔާބެއްކަން ފާހަގަކުރައްވާ ލަމްޢާން ވިދާޅުވީ އެެ ޝަރަފުވެރި ޙަފްލާ ވަރަށް ކުލަގަދަ ވާނެ ކަމަށާއި ތާރީޚީ ޙަފްލާއަކަށް ހައްދަވާނެ ކަމަށެވެ.