ENGLISH

07 ޖުލައި 2025

Advertisement

އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމު ކުރަނީ

07 ޖުލައި 2025

|

އަޙުމަދު ޙަމީދު

ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ގުޅޭ ވަޒީރު އާދަމް ޝަރީފް ޢުމަރު --

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމު ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ގުޅޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

ވަޒީރު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަ ކުރައްވާފަ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެލްޖީއޭ އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމު ކުރާ ގޮތަށް ހަމަޖައްސާފައިވަނީ މުހިންމު ބޭނުންތަކެއްގައި ކަމަށެވެ.

އެއް ބޭނުމެއްގެ ގޮތުގަައި ވަޒީރު ފާހަގަ ކުރެއްވީ އެލްޖީއޭގެ ޓްރާސްޕޭރަންސީ އިތުރު ކުރުމެވެ. މީގެ އިތުރުން ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރު ކުރުމަށް މަގުފަހިކޮށް ދިނުން ވެސް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ގޫޑް ގަވަރނަސްގެ ހަމަތައް ދަމަހައްޓަން މަގު ފަހި ކޮށް ދިނުން ވެސް ހިމެނެ އެވެ.

އެލްޖީއޭ އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް މިހާތަނަށް ޢާންމެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު