ENGLISH
07 ޖުލައި 2025
ލޯންޗެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގުން، ހަތަރު މީހަކަށް އަނިޔާ
07 ޖުލައި 2025
|
ލޯންޗެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓް ހިނގާފައި
ލޯންޗެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގާ ހަތަރު މީހަކަށް އަނިޔާ ވެއްޖެ އެވެ.
އެކްސިޑެންޓް ހިނގީ ގދ. ތިނަދޫ ސިޓީ, ފެރީ ޓާމިނަލް ޖެޓީއަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގީ މިއަދު 1:50 ހާއިރު އެވެ.
އޭރު ލޯންޗުގައި ތިން އަންހެނަކާއި އެއް އަހަރު ކުއްޖަކާއި ކެޕްޓަނާއި ފަޅުވެރިޔާ ހިމެނޭހެން ހަ މީހަކު ތިއްބެވެ.
މި އެކްސިޑެންޓް ގައި ލޯންޗު ގައި ތިބި ދެ ފަސިންޖަރަކާއި ކެޕްޓަން އަދި ފަޅުވެރިޔާއަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާވެފައި ވަނީ އުމުރުން 50 އަހަރުގެ ކެޕްޓަނާއި ކްރޫ މެންބަރަކާއި ދެ އަންހެނުންްނަށެވެ. އެއީ އުމުރުން 25 އަހަރުގެ އަންހެނަކާއި 28 އަހަރުގެ އަންހެނެކެވެ.
އެ މީހުންނަށް ޑޮކްޓަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.