ENGLISH

07 ޖުލައި 2025

Advertisement

ރާއްޖޭގެ ކައުންސިލްތަކަށް ޚާއްސަކޮށްގެން ޗައިނާގައި ސެމިނާއެއް ބާއްވަނީ

07 ޖުލައި 2025

|

ހަސަން އާމިރު

ރާއްޖޭގެ ކައުންސިލްތަކަށް ޚާއްސަކޮށްގެން ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވާ ސެމިނާގައި 15 ކައުންސިލަކުން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މަހުގެ 8 އިން 28 އަށް "ސެމިނާ ފޯރ ލޯކަލް ކައުންސިލް މެންބަރސް އޮފް މޯލްޑިވްސް" ގެ ނަމުގައި ކައުންސިލްތަކަށް ޚާއްޞަ ސެމިނާގައި ރާއްޖޭގެ 15 ކައުންސިލަކުންނާއި، އެލްޖީއޭގެ ހަތަރު މުވައްޒަފަކާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ އެއް މުވައްޒަފަކު ބައިވެރިވާނެއެވެ.

ޖުމްލަ 20 ބައިވެރިން ހިމެނޭ މި ސެމިނާގެ މައިގަނޑު މަޤްޞަދަކީ ޕަބްލިކް ސަރވިސް އަދި ލޯކަލް ގަވަރނަންސްގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުމާއި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކުރުމެވެ. އަދި މީގެ އިތުރުން، ދިވެހި ރާއްޖޭގެ މިނިވަން ތަރައްޤީގެ ޤާބިލުކަން އިތުރުކުރުމަށާއި، ގްލޯބަލް ވިޝަނާއި ލީޑަރޝިޕްގެ ހުނަރު ލިބިފައިވާ ވެރިން އުފައްދައި ހުނަރު ވަރުގަދަކުރުމަށް ވެސް މި ސެމިނާގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ސެމިނާގައި ޗައިނާގެ ޤައުމީ ޙާލަތާއި މޮޑަނައިޒޭޝަންއާ ބެހޭ މަޢުލޫމާތު ހިއްސާކުރާނެއެވެ. އަދި ޗައިނާގެ ލީޑަރުންގެ ވެރިކަމުގެ ފަލްސަފާ އާއި، އިދާރީ އިސްވެރިންގެ ލީޑަރޝިޕް ތަރައްޤީކުރާނެ ގޮތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭނެއެވެ. މީގެ އިތުރުން، އީ-ގަވަރމަންޓް މެދުވެރިކޮށް އިދާރީ މަސައްކަތުގެ މޮޑަނައިޒޭޝަން އިތުރުކުރުމާއި، ޗައިނާގެ ސިޔާސީ ނިޒާމާއި ލޯކަލް ގަވަރމަންޓް ހިންގުމުގެ ނިޒާމާ ބެހޭ މަޢުލޫމާތުތައް ވެސް ބައިވެރިންނާ ހިއްސާކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު