ENGLISH

07 ޖުލައި 2025

Advertisement

ށ. ނޫމަރާ ކައުންސިލްގެ އާ އިމާރާތުގެ މަސައްކަތް ނިންމައިފި

07 ޖުލައި 2025

|

ހަސަން އާމިރު

ށ. ނޫމަރާ ކައުންސިލްގެ އާ އިމާރާތުގެ މަޝްރޫއުގެ މަސައްކަތް ނިންމައިފިއެވެ.

މި މަޝްރޫއަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން، ށ. ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ 3.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމާލެވިފައި ވަނީ އޮކްޓޯބަރު 31، 2024 ގައެވެ.

މި އިމާރާތުގެ ކުރެހުމާއި ޑިޒައިން ކުރެވިފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ލިބޭނެފަދަ ގޮތަކަށެވެ. މިގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް ވަކިވަކި ކެބިން ޚާއްސަ ކުރެވިފައިވެއެވެ.

ނޫމަރާ ކައުންސިލްގެ އާ އިމާރާތް

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ މާލަމަކާއި، ސްޓޯރ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ އިތުރުން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޚާއްސަ ފާޚާނާ މި އިމާރާތުގައި ހިމެނިފައިވާނެއެވެ.

ށ. ނޫމަރާ ކައުންސިލް އިދާރާގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި ވަސީލަތްތައް މަދު އިމާރާތެކެވެ. އާ ކައުންސިލް އިދާރާއާއެކު ކުރިން ދިމާވި ދަތިތަކަށް އެދެވޭ ހައްލު ލިބި، ރައްޔިތުންނާއި ގާތުން މިހާރަށްވުރެވެސް ފުރިހަމައަށް ޚިދުމަތް ދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު