ENGLISH

06 ޖުލައި 2025

Advertisement

މިނިވަން 60ގެ ލޯގޯ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި

06 ޖުލައި 2025

|

އަޙުމަދު ޙަމީދު

މިނިވަން 60 ގެ ލޯގޯ --

މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރައްވާނެ ލޯގޯއެއް ކަނޑައަޅުއްވައި، އެ ލޯގޯ މި އަހަރުގެ ޖުލައި 26 ން ފެށިގެން 2026 ޖުލައި 25 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާންމު ކުރެއްވި ދެންނެވުމެއްގަ އެވެ.

އެ ދެންނެވުމުގައި ވަނީ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ސަރުކާރު އޮފީސްތަކަށް ދެއްވާނެ ކަމަށެވެ.

މި އަހަރު ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމާ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ހަމަަޖައްސާފައިވާ ލޯގޯ ޢާންމުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

މިއީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ލޯގޯ ފަަރުމާ ކުރުމަށް ހުޅުވާލުމުން އެކަމަށް ހުށައެޅި ލޯގޯތަކުގެ ތެރެއިން އެއްވަނައަށް ހޮވުނު ލޯގޯ އެވެ. މި ލޯގޯ ކުރެއްސެވި ފަންނާނު, ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމް އެވެ.

ކިޔުންތެރިންގެ ހިޔާލު