ENGLISH
06 ޖުލައި 2025
ތެޔޮ ދޯނީގެ ވެރިޔާ އަދިވެސް ވެންޓިލޭޓަރުގައި
06 ޖުލައި 2025
|
ތެޔޮ ދޯނީގައި ރޯވެ އަނދަނީ
ތ. ވިލުފުށީގައި ތެޔޮއުފުލާ ދެ ދޯންޏެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު އެ ބޯޓްތަކުގެ ވެރިމީހާ އަށް އަދިވެސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު ހިނގި ނުރައްކާތެރި ހާދިސާގައި ފިހުނީ ބިދޭސީ އަކާއި ދިވެއްސެކެވެ. ދިވެހި މީހާ އަކީ އަލިފާނުގެ ހާދިސާ ހިނގި ދެ ދޯނީގެ ވެރިމީހާ އެވެ.
އަލިފާނުގެ ހާދިސާގައި ފިހުނު, ދޯނީގެ ވެރިޔާމީހާ މަހުމޫދު މުހައްމަދަށް މިވަގުތު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށާ ހާލު ދެރަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ. ބިދޭސީ މީހާގެ ހާލު ސްޓޭބަލް އެވެ.
ތެޔޮ އުފުލާ ދޯނިތަކުގައި ރޯވާން ދިމާވި ސަބަބެއް ރަސްމީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް، ބައެއް މަސްދަރުތަކުގައި ހާމަކޮށްފައިވާގޮތުން، އަލިފާން ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓާ ޕަމްޕު ޖެއްސުމުންނެވެ.
ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް މިދިޔަ އޭޕްރީލް މަހު ފަށަން ކުރީން އޮތީ ތާވަލުކޮށްފަ އެވެ.
ބައުވެ ވީރާނާވެފައިވާ، ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވައި މަޝްރޫޢެކެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ އިތުރުން، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭން 50 ކައުންސިލެއްގެ އިދާރާ ވެސް ޢިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.