ENGLISH

05 ޖުލައި 2025

Advertisement

ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި އިއުލާނު ބާތިލުކޮށް، ބޮޑެތި ލުއިތަކާއެކު އެ ފުރުސަތު އަލުން ހުޅުވާލަނީ!

05 ޖުލައި 2025

|

ޝާމަ ޝުޢައިބު

ހއ. ކެލާ - ފޮޓޯ: އެޑިޝަން އެމްވީ

ހއ. ކެލާ ފަޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލެވުނު ބީލަން ބާތިލު ކުރުމަށްފަހު ލުއިތަކެއްދީ، އަލުން އެ މަޝްރޫއު ހުޅުވާލަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ނިންމައިފިއެވެ. 

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ. ، ހދ. ، ށ. ، ތ. ، ލ. އަދި އައްޑޫ ސިޓީގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 24 މަސް ދުވަހުގެ މުއްދަތަށް ލުއިތަކެއް ދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. 

އެހެންކަމުން އެ ލުއިތައް ދީ، އަލުން އިއުލާނުކުރުމަށް އެ އިއުލާން ބާތިލު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކެލާ ފަޅުގައި ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ހުޅުވާލީ މިދިޔަ މާޗު މަހުގެ 31 ގައެވެ. އޭރު ބިޑު ހުށަހަޅަން އަންގައި އިއުލާންކުރީ އެ ރަށުގެ ފަޅުން 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެ ރަށެއް ހިއްކައި ރިސޯޓު ހަދާނެ ބަޔަކު ހޯދުމަށެވެ. ދެ ރިސޯޓުގައި ވެސް 200 އެނދު ތަރައްގީކުރަން ޖެހޭއިރު، ކުއްޔަށް ނަގަން ޖެހެނީ 50 އަހަރަށެވެ.

ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ފަޅު ތެރޭގައި ރިސޯޓެއް އަދި ހއ. ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައި ކެލާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު