ENGLISH

05 ޖުލައި 2025

Advertisement

ސަލަފުން، އަޟްހާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކުރި ރަށްތަކުގެ އަގުވަޒަންކޮށްފި

05 ޖުލައި 2025

|

ޢަލީ ޝަހީމް

ސަލަފުން ރޭ ބޭއްވި ރަސްމިއްޔާތު. ފޮޓޯ:

އިސްލާމީ އިމުގެ ތެރެއިން، 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރި ރަށްތަކުގެ އަގުވަޒަންކޮށް ޖަމިއްޔަތުއް ސަލަފުން ރޭ ހަނދާނީ ލިޔުން ދީފިއެވެ. 

ރޭ ސަލަފް ޖަމިއްޔާއިން ބޭއްވި ހަފްލާގައި ވަނީ 8 ފަރާތަކަށް ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން އިސްލާމީ އިމުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރި ރަށްތަކުގެ ތެރެއިން ހަނދާނީ ލިޔުން ދިނީ އދ. ދަނގެތި ޖަމްޢިއްޔަތުލް ޤަލަމް،  ކ. ގާފަރު ކައުންސިލް،  ހދ.ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލާ، ރ. ކިނޮޅަސް ކައުންސިލް،  ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ، ދ. ކުޑަހުވަދޫ  ބްރަދާސް އެކަޑަމީ، ހދ. ވައިކަރަދޫ ކައުންސިލް އަދި ގދ. ނަޑެއްލާ ނަޑެއްލާ އައިލެންޑް ޑެވެލޮޕްމެންޓ ސޮސައިޓީއެވެ. 

ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ހަފްލާގެ ޝަރަފްވެރި މެހެމާން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އެވެ.  

ސަލަފުން އަޟްހާ އީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރިއިރު، 1446 ވަނަ އަހަރުގެ އަޟްހާ އީދާ ދިމާކޮށް ސަރުކާރުން ވެސް ވަނީ އިސްލާމީ އުސޫލުގެ ތެރެއިން އީދު ފާހަގަކުރުމަށް ބާރުއަޅާފައެވެ.

އަޟްހާ އީދާ ދިމާކޮށް ސަރުކާރުން ނެރުނު ސާކިއުލާގައި، ގާނޫނުއަސާސީގެ 10 ވަނަ މާއްދާ (ހ) އާ ހަވާލާދީ ބުނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، އެ ދީނަކީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އަދި، އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ކުޅިވަރުތަކުގައި އިސްލާމްދީނާއި ދިވެހިންގެ އާންމު އިޖުތިމާއީ މިންގަނޑުގެ ތެރޭގައި ހިފަހައްޓަން ސަރުކާރުން އިލްތިމާސްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު