ENGLISH

05 ޖުލައި 2025

Advertisement

ހަނިމާދޫ އެއަރޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭކަމަށް ބުނެ ހަދަނީ ބުހުތާނު ދޮގު: ވަޒީރު ސައީދު

05 ޖުލައި 2025

|

ޢަލީ ޝަހީމް

ހަނިމާދޫގައި ތަރައްގީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓް. އެއަރޕޯޓް ވިއްކާލަން އުޅޭކަމަށްބުނެ ހަދަނީ ބުހުތާނު ދޮގު ކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފަ.

ހދ. ހަނިމާދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ އިންޓަރނޭޝަނަލް އެއަރޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ހަދަނީ ބުހުތާނު ދޮގު ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ސަރުކާރުން އުޅެނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ކަމަށް ވިދާޅުވެ، އެ ތުޙުމަތުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީން އެފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. 

ޔާމީން ވިދާޅުވީ އިންޑިއާގެ އަދާނީ ގްރޫޕަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ވިއްކުމުގެ މަޝްވަރާ ބައްދަލުވުންތައް ދާދިފަހުން ސިންގަޕޫރުގައި ކުރިއަށްދިޔަ ކަމަށެވެ. 

ޔާމީންގެ ތުހުމަތާ ގުޅުވައިގެން ވަޒީރު ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ އެކަން ދޮގުކުރައްވާފައެވެ. 

ވަޒީރު ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކައާއި، އެކަމުގައި ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެެއް ކަމަށެވެ. 

ޔާމީން އެ ތުހުމަތު ކުރެއްވިއިރު، މި ސަރުކާރުން އަންނަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތްތައް އަވަސް ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމާލައި، ހިދުމަތް ދޭން ތައްޔާރުވަމުންނެވެ. 

މި ހިނގާ ޖުލައި މަހުގެ އެއް ވަނަ ދުވަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ 88.7 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު