ENGLISH
11 ސެޕްޓެމްބަރު 2025
ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތް ކޮށްފި
03 ޖުލައި 2025
|
ދިވެހި ފުލުހުންގެ ޚިދުމަތް --
ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތް ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތުގަައި މީހަކު ބަންދުކޮށްފައި ހުރި ކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބުނު ކަމަށެވެ. އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް އޭނާ ބަންދުކޮށްފައި ހުރި ތަނަށް ތަޅު ހަލާކުކޮށްލައިގެން ވަދެފައިވާ ކަމަށެވެ.
އޭރު ބިދޭސީ ފިރިހެނަކު އެ ތަނުގައި ބަންދުކޮށްފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ސިއްޙީ ޙާލަތު ބެލުމަށް ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން ކަމަށެވެ. އަދި އޭނާގެ ބޭރުފުށުން އެއްވެސް އަނިޔާާއެއް ވެފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.