ENGLISH

03 ޖުލައި 2025

Advertisement

ޕާޓީތަކުގެ ދަފްތަރު އަދާހަމަކޮށްފި، އެންމެ މެންބަރުން ގިނަ ކޮންގްރެސް ޕާޓީގައި 68،000 ވުރެ ގިނަ މެންބަރުން

02 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަދާ ހަމަކޮށްފި އެވެ.

ދަފްތަރު އަދާހަމަކޮށް ކޮމިޝަނުން މިއަދު ޢާންމުކުރި ލިސްޓްގައި ވާގޮތުން އެންމެ މެންބަރުން ގިނައީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގަ އެވެ.

އެ ޕާޓީގައި 68،000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީއާ އެންމެ ގާތް ކުރާ އަދަދަކަށް މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕާޓީގައި 43،000 މެންބަރުންނެވެ.

* ކޮންގްރެސް ޕާޓީ - 68،665 މެންބަރުން

* އެމްޑީޕީ - 43،765 މެންބަރުން

* ޖުމްހޫރީ ޕާޓީ - 13،456 މެންބަރުން

* އެމްޑީއޭ - 9،011 މެންބަރުން

* އަދާލަތު ޕާޓީ - 8،844 މެންބަރުން

* އެމްއެންޕީ - 5،836 މެންބަރުން

* ދަ ޑިމޮކްރެޓްސް - 3،547 މެންބަރުން

* ޕީއެންއެފް - 3،046 މެންބަރުން

* އެމްޓީޑީ - 2،272 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ޕާޓީއެއް އޮތްއިރު ކޮންގްރެސް ޕާޓީގެ ޒަޢާމަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވި އެ ޕާޓީގައި ތިބީ 3،000 މެންބަރުންނެވެ. ނަމަވެސް ދޮޅު އަހަރުތެރޭ މެންބަރުންގެ އަދަދު މި ވަނީ 70،000އާ ގާތަށް ގެންދަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު