ENGLISH
03 ޖުލައި 2025
މެއި މަހު އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް 14 މިލިއަން ރުފިޔާ ޚަރަދުކޮށްފި
02 ޖުލައި 2025
|
އޭޑީކޭ ހޮސްޕިޓަލް-- ފޮޓޯ: ޕީއެސްއެމް
މިދިޔަ މެއި މަހު، ބޭސްފަރުވާއަށް ޚަރަދުކުރަން ދަތިވާ ފަރާތްތަކަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ބޭސްފަރުވާއަށް 14 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
އެންސްޕާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މެއި މަހު، އެކި ބަލިތަކަށް ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުން ފަރުވާކުރުމަށް، ޖުމްލަ 14،236،810.51ރ ޚަރަދުކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ:
އެ އިދާރާއިން ވަނީ، ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ބޭސްފަރުވާ ކުރުމަށް، އެކި ފަރާތްތަކަށް މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ދީފައިވާ ޖުމްލަ ޢަދަދު ބަހާލެވުނު ގޮތުގެ ތަފްޞީލުވެސް ހިއްސާކޮށްފައެވެ. އެގޮތުން:
ދީފައި ވެއެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ތަފްސީލީ ހިސާބުތަކަށް ބަލާއިރު:
ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަލާއިރު:
މީގެ އިތުރަށް އެ އިދާރާއިން ވަނީ ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް، ބޭސްފަރުވާގެ ޚަރަދުކުރަން ދަތިވާ ފަރާތްތަކަށް، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ފޯރުކޮށްދެވުނު އެހީގެ ތަފްސީލުވެސް ޢާންމުކޮށްފައެވެ. އެގޮތުން މި މުއްދަތުގައި:
އެންސްޕާއިން ދީފައެވެ.
އެންސްޕާގެ އިތުރަށް، އާސަންދައިން ވެސް ބަލި މީހުންގެ ޚަރަދުތަކަށް މި އަހަރުގެ ފުރަތަމަ ފަސް މަސް ތެރޭ ވަރަށް ބޮޑު ހޭދައެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އާސަންދައިން ވަނީ މި މުއްދަތުގެ ތެރޭގައި ޖުމްލަ 950 މިލިއަނަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ހޭދަކޮށްފައެވެ.